About Us

ކުންފުނީގެ ވަނަވަރު

CLICK THE ICON BELOW TO PREVIEW OUR PORTFOLIO

 

މޯލްޑިވްސް އެމްޕްލޯއިމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ނުވަތަ އެމް އީ އެސް، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ކޮމާރސްގައި ރަޖިސްޓްރީ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ކުންފުނިތަކުގެ ޤާނޫނު 96/10 ގެ ދަށުން ފަންނުވެރިކަން ކުރިއެރުވުމަށާއި ފަންނުވެރި ވަޒީފާތަކަށް ހުނަރުވެރި މުވައްޒަފުން އުފައްދައި ފޯރުވަދިނުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް އެމްޕްލޯއިމަންޓްގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުންނެވެ.

އެމް އީ އެސް އުފެދިފައިވަނީ ދިވެހި މުޖުތަމަޢު އަށް ފެންވަރު ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ފޯރުވައިދިނުމުގެ އުއްމީދުގައެވެ. ހަމައެއާއެކު ކޮންމެ ވަޒީފާއަކަށްވެސް އެންމެ ޤާބިލު މުވައްޒަފުން ތަމްރީނުކޮށް ތައްޔާރު ކުރުމުގެ ބޭނުމުގައެވެ.

 

މަޤްބޫލް ހިއުމަން ރިސޯސް ކުންފުންޏެއް ކަމުގައިވާ ވޭވްލައިން މޯލްޑިވްސް އާއި އެމް އީ އެސް އެއްބައިވީ ގުޅިގެން އެއް ކުންފުންޏެއްގެ ގޮތުގައި އިންސާނީ ބާރު ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މިކުންފުނިން ދޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި ވަޒީފާތަކަށް މީހުން ހަމަޖައްސައި ދިނުމާއި ވިސާއާއި ޕާސްޕޯޓުގެ ކަންތައްތައް ބަލަހައްޓައި ދިނުމުގެ އިތުރުން ޤާނޫނީ އެހީއާއި ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ދޫކުރުން ހިމެނެއެވެ،

2000 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓްރީ ކުރެވުނު ވޭވްލައިން މޯލްޑިވްސް ވަނީ 2004 ވަނަ އަހަރުން ފެށިގެން ނަން މަޝްހޫރު ކުންފުނިތަކުގެ ވަޒީފާތަކަށް މުވައްޒަފުން ހަމަޖައްސައިދނުމާއި އެހެނިހެން ދާއިރާތަކުންވެސް ޚިދުމަތްތައް ފޯރުކޮށިދިނުމާއެކު އެކުންފުނިތަކުގެ އިތުބާރު ހޯދާފައެވެ. ދުރުރާސްތާ ރޭވުންތަކުގެ އެހީގައި ފަންނުވެރި، ހީވާގި މުވްއްޒިފުންނާއެކު ކުރިއަރާ ދިއުމެވެ.

 

އަމާޒު

އަޅުގަނޑުމެންގެ ގެ އަމާޒަކީޚިދުމަތް ހޯދަން އަންނަ ކޮންމެ ފަރާތެއްގެވެސް އިތުބާރާއި ޔަޤީންކަން ޙާޞިލްކޮށް ރާއްޖޭގައި ފާހަގަ ކޮށްލެވޭ ހިއުމަން ރިސޯސް ކުންފުންޏަކަށް ވުމެވެ.

 

މަޤްޞަދު

އަޅުގަނޑުމެންގެ މަޤްޞަދަކީ ހޭދަ ކުރެވުނު ރައުސްމާލަށް އެކަށޭނަ ފައިދާއެއް ހޯދުމާއެކު ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިދުމަތް ހޯދަން އަންނަ ކޮންމެ ފަރާތެއްގެވެސް އިތުބާރާއި ޔަޤީންކަން ޙާޞިލްކުރުމެވެ. ހަމައެއާއެކު ފަންނުވެރި ވިޔަފާރި ޚިޔާލުތައް ޤައުމުގެ އިން ހުރަސްކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރި ހިންގުމަށް އެހީތެރި ވުމެވެ.

 

އިސްކަން ދޭނީ

އަޅުގަނޑުމެންނަކީ ޒިންމާދާރު މިނިވަން މުޢައްސަޞާއެކެވެ. ތިމާވެށްޓާއި އިޖުތިމާޢީ އަދި ތަޢުލީމީ ޙަރަކާތްތަކަށް އެހީވެ ހިތްވަރު ދިނުމުގެ އިތުރުން ހަރުދަނާ ވަޒީފާގެ ފުރުޞަތުތައް މެދުކެނޑުމެއްނެތި މުޖުތަމަޢު އަށް ފޯރު ކޮށްދިނުމަކީ ޒިންމާދާރު މުއައްސަސާ އެއްގެ ޙައިޞިއްޔަތުން އަޅުގަނޑުމެން އެންމެ އިސްކަން ދޭނެ ކަމެވެ.

 

ލަނޑުދަނޑި

އަޅުގަނޑުމެންގެ ގެ މައިގަނޑު ބޭނުމަކީ ޚިދުމަތް ހޯދަން އަންނަ ފަރާތްތައް ހިތްހަމަޖެހޭ ފަދަ ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު އެ ފަރާތްތަކަށް ފެންވަރު ރަނގަޅު މުވައްޒަފުން ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެންނަކީ ފެންވަރު ރަނގަޅު ހީވާގި މުވައްޒިފުންގެ އަގު ވަޒަންކޮށް ފަންނުވެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ މުޅި ސިނާޢަތުގެ ކުރިއެރުމަށްޓަކައި ތަމްރީނު ލިބިގެންވާ ފެންވަރު ރަނގަޅު މުވައްޒިފުން ސިނާޢަތަށް ނެރެދިނުމެވެ.

 

އެމް އީ އެސް ޚިޔާރު ކުރަންވީ ކީއްވެ؟

އަޅުގަނޑުމެންނަކީ ޚިދުމަތް ދެވޭނެ ފަސޭހަ މަގުތަކާއި ވަޞީލަތްތައް ފަހިވެފައިވާ ބަޔަކަށްވުމާއެކު އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ  ފައިސާގެ އަގު ޚިދުމަތުން އަދާ ކުރެވޭނެ ބައެކެވެ. ހަމަ އެހެންމެ އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ ވިޔަފާރީގެ ޚިޔާލުތައް ކާމިޔާބީ އާއި ހިސާބަށް ގެންދިއުމުގައި އެހީތެރި ވެވޭނެ ޤާބިލް މުއައްސަޞާ އެކެވެ. އަޅުގަނޑުމެންގެ ވަޞީލަތްތައް މެދުވެރިކޮށް ފޯރުވައި ދެވޭނެ ޚިދުމަތްތަކަކީ ރާއްޖޭގެ އެހެން އެއްވެސް ކުންފުންޏަކުން ލިބެން ހުންނާނެ ޚިދުމަތްތަކެއް ނޫނެވެ.

އަޅުގަނޑުމެންގެ މެނޭޖްމަންޓްގައި

•           އިޖުތިމާޢީ ހޭލުންތެރިކަމާއި ފަރުދީ ގުޅުން

•           ޢަމަލީ ތަޖުރިބާ އާއި ހިތްވަރު

•           ދާއިރާ އާއި ގުޅުންހުރި އެހެނިހެން ކަންކަމުގެ ތަޖުރިބާ

•           ޢަދުލުވެރިކަމާއި ހަމަހަމަކަން

•           ޓެކްނޮ ލޮޖީގެ ހޭލުންތެރިކަން

 

މަސައްކަތުގެ މަރުޙަލާތައް

އަޅުގަނޑުމެންގެ މުވައްޒިފުންގެ ޓީމާއި އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް އެތައްހާސް އެޕްލިކޭޝަންތަކެއްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު މުވައްޒިފަކު ހޮވާލެވެއެވެ. މި ހޮވުމުގައި އެތައް މަރުޙަލާއެއް ހިމެނޭގޮތުން އަޅުގަނޑުމެންގެ ޓީމުގައި ހިމެނޭ އެކި ފަންނުތަކުގެ މާހިރުންގެ ބަސް ނެގެއެވެ.

•           ކުންފުނީގެ ހިންގުން ދިރާސާ ކުރުން

•           ހިންގުމުގައި ހުރި މައްސަލަތަކާއި ދިމާވެދާނެ މައްސަލަތައް ހޯދާ ވަކިކުރުން

•           ވިޔަފާރީގެ ހުރަސްތައް ދެނެގަތުން

•           ވިޔަފާރި ހިންގުން ދެނެގަތުން

•           ކުންފުނީގެ ޤާބިލުކަން ދެނެގަތުމަށް ސާރވޭ ހިންގުން

•           ކުރިއެރުމަށް ހުރި ޖާގަތައްދެނެގަތުން

 

ފެންވަރު ރަނގަޅު ޚިދުމަތުގެ ޔަޤީންކަން

ގިނަ އަހަރު ތަކެއްގެ ތަޖުރިބާގެ އިތުރުން ތަޖުރިބާކާރު މާހިރުންގެ ޚިދުމަތާއެކު ކަސްޓަމަރުންގެ ބޭނުންތަކަށް ފުރިހަމަ ގޮތުގައި ޚިދުމަތް ދެވެއެވެ. އަޅުގަނޑުމެންގެ ހޮވުމުގައި ބަލާ ކަންތައްތަކަކީ ތަމްރީނާއި ތަޖުރިބާގެ އިތުރުން ހުނަރުވެރިކަމާއި ޒިންމާދާރު ކަމަށެވެ. މި ގޮތްގޮތުން އެންމެ ފެންވަރު ރަނގަޅު ކެންޑިޑޭޓަކު ހޮވެއެވެ.

 

އަޅުގަނޑުމެންގެ ޓީމް

އަޅުގަނޑުމެންގެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ އަޅުގަނޑުރެންގެ މުވައްޒިފުންނެވެ. މުވައްޒިފުންގެ ތަމްރީނާއި ތަޖުރިބާ ވެފައިވަނީ އެހެން ކުންފުނިތަކާއި ޙިލާފަށް އަޅުގަނޑުމެންގެ މަސައްކަތުގެ އެންމެ ބޮޑު މަދަދު ދާރަށެވެ.އަޅުގަނޑުމެންގެ މެނޭޖްމަންޓްގެ މެމްބަރުންގެ އިޖުތިމާޢީ ހޭލުންތެރިކަން ބޭނުންކޮށް އެ ވަޒީފާއަކަށް އެންމެ ޤާބިލް  ކެންޑިޑޭޓަކު ޙިޔާރު ކުރެވެއެވެ.

 

ކަސްޓަމަރުންގެ ހިތްހަމަޖެހުން

އަޅުގަނޑުމެންގެ ޓީމަކީ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް އެންމެ ފުރިހަމަ ޚިދުމަތް ދޭ ޓީމެކެވެ. ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމަށްފަހު ޚިދުމަތް އެންމެ ފުރިހަމައަށް ދިނުމަކީ އަޅުގަނޑުމެންގެ މަޤްޞަދެވެ. ނަން މަޝްހޫރު ކުންފުނިތަކުގެ އިތުބާރު ލިބިފައިވަނީ އަޅުގަނޑުމެން ދެމުންދާ ޚިދުމަތްތައް ވަގުތުން ވަގުތަށް އެފަރާތްތަކަށް ފޯރުކޮށް ދެމުންދާތީއެވެ. އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި ސަރުކާރު މުއައްސަސާ ތަކާއި އިންޑިޔާގެ ކްލައިންޓުންގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި އިންސްޓިޓިއުޓްތައް ހިމެނެއެވެ.

 

ވިޔަފާރި ހަރަކާތްތައް

އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައިވާ ގޮތުގައި ގިނަ އޭޖެންޓުން ބައިވެރި ކުރުމުގެ ބަދަލުގައި އެންމެ އޭޖެންޓެއް މެދުވެރިވުމުން ކްލައިންޓުންގެ ބޭނުންތައް ދެނެގަނެ ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެއެވެ. އެއްކުރެވޭ މަޢުލޫމާތަކީ ތަޖުރިބާކާރު ޓީމެއްގެ ނިންމުމެވެ. އަޅުގަނޑުމެން ކެންޑިޑޭޓުން ހޮވަނީ ތަޢުލީމާއި، ހުނަރުވެރިކަމާއި ތަޖުރިބާގެ އިތުރުން ޒިންމާދާރުކަމާއި މިޒާޖަށް ބިނާ ކޮށްފައެވެ.

 

1.                  އަޅުގަނޑުމެންގެ ޚިދުމަތްތައް

އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ޚިދުމަތްތަކުގެ ސަބަބުން ތިޔަ ބޭފުޅުންނަށް ރަނގަޅު މުވައްޒިފުން ލިބުމާއެކު އެމުވައްޒިފުންނަށް ޤާނޫނީ އެހީގެ އިތުރުން އެހެނިހެން ޚިދުމަތްތައްވެސް ފޯރު ކޮށްދެވެއެވެ. އަޅުގަނޑުމެން ޚިދުމަތް ދޭ ދާއިރާތަކަކީ ފަތުރުވެރިކަމާއި ޞިއްހަތާއި އިމާރާތް ކުރުމާއި ޓެކްނޮލޮޖީގެ އިތުރުން އެކައުންޓިންގ ގެ ދާއިރާތަކެވެ.

 

 1.1      ފަތުރުވެރިކަން

ދިވެހިރާއްޖޭގެ އިޤްތިޞާދު ގައި ފަތުރުވެރިކަމުގެ ސިނާޢަތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ސިނާއަތެކެވެ. އަބަދުވެސް މިސިނާއަތާ މެދު ފޮނި ހުވަފެންތަކަކާއި އުއްމީދުތަކެއް ކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން މި ސިނާއަތަކީ އެންމެ ގިނައިން މުވައްޒަފުން ސިނާއަތެވެ. މި ސިނާއަތަށް މުވައްޒިފުން ފޯރު ކޮށްދިނުމުގައި ފެންވަރު ރަނގަޅުކަމާއި ތަރުޖިބާކާރު މުވައްޒިފުން ފޯރުކޮށްދިނުމަކީ އެންމެ އިސްކަންދޭ އެއް ކަމެވެ. އަޅުގަނޑުމެންގެ ތަޖުރިބާ އާއި މި ސިނާއަތުގެ ބޭނުންތައް ދެނެގަނެވިފައިވުމުން ފެންވަރު ރަނގަޅު ތަޖުރިބާކާރު މުވައްޒަފުން ފޯރުކޮށުދިނުމަށް މަގުފަހިވެއެވެ. އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ކޮންމެ ކްލައިންޓަކަށް ވެސް އެންމެރަގަޅު ޙިދުމަތް ފޯރުކޮށް ދިނުމެވެ.

ފަންނުވެރި ހީވާގި މުވައްޒިފުންގެ މުހިއްމުކަމަކީ އަޅުގަނޑުމެންގެ ޙިދުމަތްތައް ފޯރުޮށްދިނުމުގާ އެންމެ އިސްކަދޭ އެއްކަމެވެ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރު ކުރެއްވުމުން ތިޔަބޭފުޅުންގެ ހޮެލްތަކުގެ މަޤްސަދު ތަކާއި އަމާޒުތައް ފުރިހަމަ ވެގެން ދާނެއެވެ. މެދުކެނޑުމެއްނެތި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުން ހިތްހަމަޖެހޭފަދަޙިދުމަތެއް ފޯރުކޮށް ދިނުމަށެވެ.

އަޅުގަނޑުމެން ހޯދައިދެމެވެ.

ބާރމޭން                       ކުކްސް                  އެފް އެން ބީ ސުޕަވައިޒަރސް

ސްޕާ އެހީތެރިން                 ރޫމް ބޯއީ                 ސްޕާ ތެރަޕިސްޓް

ރިޒަރވޭޝަން މެނޭޖަރ             ރިސެޕްޝަނިސްޓް            ފްރަންޓް އޮފީސް މެނޭޖަރ

ލޯންޑްރީ އެޓެންޑެންޓް              ނައިޓް އޮޑިޓަރ             ހައުސް ކީޕަރސް

ގެސްޓް ރިލޭޝަން އޮފިސަރ          ވެއިޓަރުން                ޗެފްސް

އެފް އެން ބީ މެނޭޖަރުން            ބަދިގޭ އެހީތެރިން            ޕޭސްޓްރީ ޗެފްސް

 

 

 

 

 

 

1.2              އިމާރާތް ކުރުމާއި ކޮންސްޓްރަކްޝަން

ތަރައްޤީއަކީ ކޮންމެ ޤައުމެއްގައިވެސް އެންމެ އިސްކަންދޭ އެއްކަމެވެ. އުމްރާނީ ތަރައްޤީއަކީ އެގައުމުގެ އިގުތިސާދު ބިނާވެފައިވާ ތަނބެވެ. މި މުހިއްމު ތަރައްޤީ ހާސިލް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އެކި ރޭވުންތައް ދަނީ ރާވަމުންނެވެ. ހަމައެއާއެކު ސަރުކާރުގެ ކުނުފުނިތަކުން ދަނީ އިމްޕޯޓު ކުރުމާއި އެންމެ ފަހުގެ އުމްރާނީ ތަރައްޤީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ.

ހުނަރުވެރި އިންސާނީ ބާރަކީ އުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. ތަޖުރިބާކާރު ތަމްރީން ލިބިގެން ހުރި މުވައްޒިފުން ހޯދުމަކީ ވަރަށް ބޮޑު ގޮން ޖެހުމެކެވެ. އެމް އީ އެސް އިންހުރިހާ ވައްތަރެއްގެ އިންޖީނިއަރިންގް އަދި ޓެކްނިކަލް ވަޒީފާތަކަށް ދޭސި އަދި ބިދޭސީ މުވައްޒިފުން ފޯރު ކޮށްދެމެވެ. ޓެކްނިކަލް ހުނަރުތަކުގެ އިތުރުން ކެންޑިޑޭޓްގެ ހޭލުންތެރިކަމަށާއި މާޑީގައި ކޮށްފައިހުރި މަސައްކަތްތަކުގެ އިތުރުން މިޒާޖަށް ބެލޭނެއެވެ،

އަޅުގަނޑުމެން ހޯދައިދެމެވެ.

 

ޕްލޭނިންގެމެނޭޖަރޑިޒައިން އިންޖީނިއަރ         އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރ

ޕްރޮޖެކްޓް މެނޭޖަރ                        ފާލްޑް މެނޭޖަރ ޖިއޯ ޓެކްނިކަލް އިންޖީނިއަރ

ސައިޓް މެނޭޖަރފޯރމޭން                    ޑްރިއިވަރުން

ކޮންސްޓްރަކްޝަން މެނޭޖަރުން           ސައިޓް އިންޖީނިއަރ                 އާރބަން ޑިޒައިނަރ

ކޮލިޓީ ކޮންޓްރޯލް މެނޭޖަރުން          ސައިޓް އިންޖީނިއަރ                 ޗީފް އާކިޓެކްޓް/ އާކިޓެކްޓް

ބާރ ބެންޑަރުން                    ސިވިލް އިންޖީނިއަރ                 ކާރޕެންޓަރުން

ލޭބަރސް                        ޕްރޮޖެކްށް އިންޖީނިއަރ               ޕްލަމްބަރސް

މޭސަން                          ސްޓޮކު ކީޕަރ                     ކުއަންޓިޓީ ސޭވިއަރ

މެއިންޓެއިނަންސް މެނޭޖަރ             ވެލްޑަރ                         ލޭންޑްސްކޭޕަރ

 

1.3       އެކައުންޓިންގ

އެކައުންޓިންގ ގެ ދާއިރާއަކީ ކުންފުންޏެއް ހިންގުމުގައި މައި ރޯލެއް އަދާކުރާ ދާއިރާއެކެވެ. ދެފުށް ފެންނަ މާލީ މުއާމަލާތުތައް ކުންފުނީގެ އެތެރޭގެ އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެނީ އެކައުންޓިންގ މުވައްޒިފުންނެވެ. ކުންފުނިތައް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ވެގެން އަންނަ އިރު ހަރުދަނާ ގޮތެއްގައި މާލިއްޔަތު ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ

އަޅުގަޑުމެންގެ އޭޖެންސީ އިން ހުރިހާ ފެންވަރެއްގެ އެކައުންޓިނ ސްޓާފުން ފޯރުކޮށްދެމެވެ. އަޅުގަނޑުމެންގެ ތަޖުރިބާކާރު މާހިރުންގެ އެހީގައި ތަފާތު ދާއިރާތަކަށް ޙާއްސަ ކުންފުންޏަށް ބޭނުންތެރި މުވައްޒަފުން ދެނެގަނެއެވެ.

އަޅުގަނޑުމެން ހޯދައިދެމެވެ.

 

އައި ސީ ޑަބްލިއު އޭ                ޗާޓަޑް އެކައުންޓަންޓް                        އެކައުންޓަންޓް

ކްރެޑިޓް މެނޭޖަރ                  އިންޓާރނަލް އޮޑިޓަރ                 އެކައުންޓިނގ މެނޭޖަރ

އެނަލިސްޓް                      މެނޭޖަރ އެފް ޕީ އެންޑް އޭ       އެސިސްޓަންޓް ކޮންޓްރޯލަރ

ޗީފް ފައިނޭންޝަލް އޮފިސަރ           ސީނިއަރ އެކައުންޓަންޓް              ސީނިއަރ އެނަލިސްޓް

ކޮންޓްރޯލަރ                      ކަލެކްޝަންސް                     އެސް އޯ އެކްސް އޮޑިޓަރ

 

1.4       ސިއްޙަތު- އިންޑިޔާގެ ޑޮކްޓަރުންނާއި ނަރުހުން

ސިއްހީ ދާއިރާގެ މައި ނާރަކީ ޑޮކުޓަރުންނާއި ނަރުހުންނެވެ. އަހަރުތަކާއެކު އާއްމު މުޖުތަމައު ދަނީ އެމީހުންގެ މަސައްކަތްތައް ބަލައިގަންނަމުންނެވެ. އިރުތިސާދު ކޮންމެ ދަނޑިވަޅެއްގައި ވި ނަމަވެސް ސިއްހީ ދާއިރާ ދަނީ އިތުރަށް ވާދަވެރި ވަމުންނެވެ. އެ ދާއިރާއަށް އޮންނަ ޑިމާންޑް ދަނީ އިތުރުވަމުންނެވެ. ނަތީޖާއަކީ ޑޮކްޓަރުންނާއި ނަރުހުންގެ ޚިޔާރު ކުރުމުގައި ގެންގުޅޭ އުސޫލުތައް ވަރުގަދަ ކުރުމެވެ.ފާހަގަ ކުރެވުނު ގޮތުގައި ތަރައްޤީ ވެފައިވާ ގައުމުތަކުން ހޯދަނީ އިންޑިޔާގެ ޑޮކްޓަރުން ކަމެވެ.

އަޅުގަނޑުމެންގެ ޙާއްސަ ޙިދުމަތަކީ ސިއްހީ ދާއިރާއަށް ފެންވެރު ރަނގަޅު ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންނަށް ފުރުސަތު ހޯދައިދިނުމެވެ. މުވަނޒިފުން ހޯދުމުގައި ހަމައެެކަނި ފައިދާއަށް ބެލުމުގެ ބަަދަލުގައި ހޮސްޕިޓަލްގެ އިއްޒަތާއި އެތައް ފުރާނައެއްގެ ޒިންމާ އުފުލޭނެ ވަރުގެ މުވައްޒިފުން އަޅުގަނޑުމެން ހޯދައިދެމެވެ.

ސއްހީ ދާއިރާއަށް މުވައްޒިފުން ހޯދުމުގައި އަޅުގަނޑުމެން އަބަދުވެސް އިސްކަން ދެމުން އައީ އިންޑިޔާގެ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ނަރުހުން ހޯދައިދިނުމަށެވެ. ހޝަރުތުތައް ފުރިހަމަވާ އެންމެ  ޤާބިލް ކެންޑިޑޭޓެއް ހޮވުމަށެވެ.ސިއްހީ ދާއިރާއަށް މުވައްޒިފުން ފޯރުކޮށްދޭ އޭެޖެންޓެއްގެ ހައިިސިއްޔަތުން ފޯރުކޮށްދެވޭ މުއައްޒިފުންގެ ތައުލީމާއި ތަޖުރިބާ ލިޔުމަކުން ސާބިތުވޭތޯ އަޅުގަނޑުމެން ޔަޤީން ކުރަމެވެ. މީގެ އިތުރުން ޑޮނުޓަރުންނާއި ނަރުހުންނަކީ ބަލިމީހާގެ ބޭނުންތަކާއި އިހްސާސްތައް ދަންނަ މީހެއްތޯ ބަލަން ޖެހެއެވެ.

އަޅުގަނޑުމެން ހޯދައިދެމެވެ.

ކްލިނިކަލް ރިސާރޗް ސައިންޓިސްޓް       އޯރތޮޕީޑިސްޓް               އީ އެން ޓީ ސްޕެޝަލިސްޓް

އެނީތިޓިސްޓް                      ޕެޑިއަޓްރިޝަން              ޑައިޓިޝަން/ ނިއުޓްރިޝަނިސްޓް

ކާރޑިއޮލޮޖިސްޓް                   ފިޒިއޮތެރަޕިސްޓް              ނަރުހުން

ޑާރމެޓޮލޮޖިސްޓް                   ސައިކޭޓަރިސްޓް              ލެޑިކަލް އޮފިސަރ

ޖައިނޮކޮލޮޖިސްޓް                   ރޭޑިއޮލޮޖިސްޓް               ކްލިނިކަލް ރީސަރޗަރ

ނެފްރޮލޮޖިސްޓް                     ނިއުރޮލޮޖިސްޓ              ސާރޖަން

ކެމިކަލް ރިސާރޗް މެނޭޖަރ      މެޑިކަލް ޑައިރެކްޓަރ           ޑްރަގް ރެގިއުލޭޓަރީ ޑޮކްޓަރ

ލެބް ޓެކްނީޝަން/ ލެބް ސްޓާފް          ފާރމަސިސްޓް/ކެމިސްޓް         މައިކްރޯ ބައޮލޮޖިސްޓް

 

1.5       ތަޢުލީމް- ޓީޗަރުންނާއި ޕްރޮފެސަރުން

ތިޔަބޭފުޅުން ތި ހޯއްދަވަނީ ތަމްރީނު ލިބިފައިވާ އަދި ޅަކުދިންގެ ސިކުނޑިތައް ބައްޓަންކޮށް ދުނިޔެއާއި ކުރިމަތިލެވޭ ފަދަ ބަޔަކައްހަދައިދޭނެ އިތުބާރު ހުރި ޓީޗަރުން ކަމުގައި ވާނަމަ ތިޔަބޭފުޅުން ބޭނުންވާނީ މިދާއިރާގައި އެންމެ ފުންނާބުއުސް އެންމެ ތަޖުރިބާ ކާރު ފަރާތެވެ. އެކަހަލަ ފަރާތްތަކަކީ އަބަދުވެސް ބޭނުންވާ ނަމަވެސް ވަރަށްމަދު ފަރާތްތަކެކެވެ. ހަރަދު ކުޑަ އަގު ހެޔޮ ގޮތްތައް ހުރި ކަމުގައި ވީނަމަވެސް ރަނގަޅު ޓީޗަރުންގެ ބަދަލުގައި އިތުރު ފަރާތެއް ހޯދުމަކީ ދަތި ކަމެކެވެ. އަޅު ގަނޑުމެން ފޯރު ކޮށްދެނީ ރަނގަޅު ތަމްރީނު ލިބިފައިވާ ތަޖުރިބާ ކާރު އަދި ދަރިވަރުންނަށް ކާމިޔާބީ އާއި ހަމައަށް ގެންދެވޭފަދަ ޓީޗަރުންނެވެ. އަޅުގަނޑުމެން ތައުލީމުގެ ދާއިރާ އަށް ކޮށްދެމުން އަންނަ އިންސާނީ ހިދުމަތަށް މިޑުލް އީސްޓް، ޔޫރަޕް އަދި ސައުތް އީސްޓް އޭޝިއާގެ ކްލަޔަންޓުން ތައުރީފު ކޮށްފައި ވެއެވެ.

އަޅުގަނޑުމެން ހިދުމަތް ދެމުން އަންނަނީ ކޮލަޔަންޓުންގެ ބޭނުންތަކަށް ބަލާ އެބޭނުންތައް ދެނެގަނެގެންނެވެ. ބްރިޓިޝް ސްކޫލުތަކާއި އަރަބި ސްކޫލުތަކަށް ބޭނުންވާ ހިސްޓްރީ، ސައެންސް، ހިސާބު އަދި ކޮންޕިޔުޓރ ޓީޗަރުންގެ ތަފާތު އަޅުގަނޑުމެންނަށް އެނގެއެވެ. މި ޝަރުތުތައްހަމަވާ ތިޔަބޭފުޅުން ބޭނުންވާފަދަ މުއައްޒަފުން ފޯރު ކޮށްދިނުމަށް އަޅުގަނޑުމެން އިސްކަންދެމެވެ. އިޛްތިމާއީ ދަތިތަކަށް ބަލާ ރަނގަޅު މުސާރައެއްގައި އެންމެ އެކަށީގެންވާ މީހުން ހޯދުމަށް އަޅުގަނޑުމެންގެ ތަފާތު ވިޔަފާރީގެ އުކުޅެއް ބޭނުންކުރަމެވެ.

އަޅުގަނޑުމެން މުއައްޒަފުން ފޯރު ކޮށްދެނީ:

•           ޕްރައިމަރީ ސްކޫލުތަކަށް

•           ސެކަންޑްރީ ސުކޫލުތަކަށް

•           އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުތަކަ

           

1.6       އިންފޯރމޭޝަން ޓެކްނޮލޮޖީ

އަޅުގަނޑުމެން، ތިޔަބޭފުޅުންބޭނުންވާ ފެންވަރުގެ އައި.ޓީ ޕްރޮފެޝަނަލުންނާއި ސޮފްޓުވެއަރ ޑިވެލޮޕަރުން ހޯދައިދެމެވެ. އަލުގަނޑުމެން މިދާއިރާގައި ހާސިލް ކޮށްފައިވާ ގަނަގުނަ ތަޖުރިބަގެ ސަބަބުން މިދާއިރާގެ ބޮޑަތި ތަޖުރިބާކާރުންނާއި އަޅުގަނޑު މެންނާއި ގުޅުންއޮވެއެވެ. އަޅުގަނޑުމެންގެ ތަޖުރިބާ ބޭނުންކޮށްގެން މި ދާއިރާއަށް ބޭނުންވާ މަތީފެންވަރުގެ އަދި މެދު ފަންތީގެ ތަޖުރިބާކާރު އައި.ޓީ ސްޕެޝަލިސްތުން އަޅުގަނޑުމެން ހޯދަމެވެ.

ތިޔަބޭފުޅުން އަޅުގަނަޑުމެންނަށް އިތުބާރު ކުރައްވާ، އަޅުގަނޑުމެން ތިޔަބޭފުން ހާސިލްކުރަންބޭނުންވާ ހުވަފެންތައް އެންމެ ރަނގަޅު ސިކުނޑިތަކުގެ އެހީގައި ހާސިލް ކޮށްދޭނަމެވެ.އަޅުގަނޑުމެން، އެމް އީ އެސް އަކީ އިތުބާރުހުރި މުއައްޒަފުން ރެކްރޫޓްކުރާއޭޖެންސީއެކެވެ. ދިވެހި ރާއްޖެއަށް ހާއްސަކޮށް ގައިމްކުރެވިފައިވަ އަދި ބޭނުންވާ ޓެލެންޓާއި ޝަރުތުތައް ހަމާވާ މުއައްޒަފުން ފޯރު ކޮށްދޭ ފަރާތެކެވެ.

އަޅުގަނޑުމެން ހޯދައިދެމެވެ.

 

ބިޒްނަސް އެނަލިސްޓް                  ކިއު.އޭ ޓެސްޓަރ       ޑަޓަބޭސް އެޑްމިނިސްޓްރޭޓަރ   

ޕްރޮގްރާމަރ                        ފީލްޑް އިންޖިނިއަރ      ސިސްޓަމް އެޑްމިނިސްޓްރެޓަރ

ޑަޓަ ވެއަރހައުސިންގ                  ޕްރޮޖެކްޓް މެނޭޖަރ      ވެބް ޑިސައިނަރ / ޑިވެލޮޕަރ

 

1.7       ޓެލެކޮމިއުނިކޭޝަން

ޓެލެކޮމިއުނިކޭޝަން ދާއިރާއިން ދެމުންދާ އިންސާނީ ހިދުމަތުގެ ސަބަބުން ދުނިޔޭގެ ފެންވަރެއްގައި އެހިދުމަތް ދެމުންދާ ޖަމާއަތްތަކަށް  ވަރަށްގިނަގުނަ ހިދުމަތްތަކެއް ލިބެމުން އެބަދެއެވެ. ޓެލެކޮމިއުނިކޭޝަން ދާއިރާއަކީ ވަރަށް ބޮޑަށް ކުރިއަރަމުންދާ ދާއިރާއެކެވެ. ޓެލެ ކޮމިއުނިކޭޝަން ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު ދައްޗަކީ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދޭނެ ބޭނުންވާފެންވަރުގެ މުއައްޒަފުން ހޯދުމެވެ.

ވަރަށްގިނަ ކުންފުނިތަކަކީ ވަޒީފާގެ ތަފަތު ފުރުސަތުތަކެއްހގުރި ކުންފުނިތަކެވެ. އަޅުގަނޑުމެން މިކަމަށް ހޮވަ މުއައްޒަފުންނަކީ އެންމެ ގާބިލު  އަދި ބޭރުގެ ކުނަފުނިތަކުގައި މަސައްކަތް ކޮށްއެކަމުގެ ތަޖުރިބަ ހޯދައިފައިވަ މީހުންނެވެ. ތިޔަބޭފުޅުންގެ އުންމީދު ތަކަށް އެކަށީގެންވާ ހިދުމަތެއްފޯރު ކޮށްދެވޭނެ ބަޔަކުކަމުގައި މި މުއައްޒަފުން ވާނެއެވެ.

އަޅުގަނޑުމެންގެ ޓެލެކޮމިއުނިކޭޝަން އޭޖެންސީން ހާއްސަމަގާމުތަކަށް ބޭނުންވާ މުއައްޒަފުން މަދު ވަގުތު ކޮޅެއްގެތެރޭގައި ހޯދައިދެމެވެ. އަޅުގަނޑުމެން ޓެލެކޮމް އިންޑަސްޓްރީގެ ހުރިހާ ދާއިރާ ތަކަކަށްވެސް އިސްކަންދެމެވެ.

 

1.8       އުފެއްދުންތެރިކަމާއި މެނުފެކްޗަރިން

މެނުފެކްޗަރިންނަކީ އުފެއްދުންތެރިކަމަށް ބަލާއިރު އިންދަސްޓްރީ ތަކުގައި އެކިއެކި މެޝިންތައް ބެނުން ކޮށްގެން އެއްޗިހި އުފެއްދުމެވެ. އެހެންކަމުން މި ފަދަ އިންޑަސްޓްރީ ތަކަށް ލިބޭ ފައިދާ ބިނާވެފައިވަނީ އެ އިންޑަސްޓްރީގައި އުފައްދާ ތަކެތީގެ މައްޗަށެވެ.

އެހެން އިންޑަސްޓްރީ ތައްފަދައިން އުފެއދުންތެރިކަމާއި މެނުފެކްޗަރިންގެ އިންޑަސްޓްރީވެސް ބިނާ ވެފައި ވަނީ އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ މުއައްޒަފުންގެ މައްޗަށެވެ. އަދި އުފައްދަ މިންވަރާއި މުއައްޒަފުންގެ އަދަދު މާކެޓައް ބަރޯސާ ވެއެވެ. މާކެޓައް އަންނަ ބަދަލުތަކާއި ޑިމާންޑަށް އަންނަ ބަދަލުތަކާއި އެއްގޮތަށް މުއަށްޒަފުންގެ އަދަދަށް ބަދަޅު ގެނައުމަކީ ދަތި ކަމެކެވެ.

އަޅުގަނޑުމެން ހޯދައިދެމެވެ.

ޕްލާނޓް މެނޭޖަރ             އޮޕަރޭޝަންސް މެނޭޖަރ         މެއިންޓެއިނަންސް ސުޕަރވައިޒަރ

ލޮޖިސްޓިކްސް މެނޭޖަރ         އިންޑަސްޓްރިއަލް އިންޖީނިއަރ    ސޭލްސް އިންޖީނިއަރ/އެގްސެކިއުޓިވް

ޕްރޮޑަކްޝަން މެނޭޖަރ         މެއިންޓެއިނަންސް އިންޖީނިއަރ    އިލެކްޓްރިކަލް އިންޖީނިއަރ

ސަޕްލައި ޗެއިން މެނޭޖަރ       މެނުފެކްޗަރިންގް އިންޖީނިއަރ     ޓެކްނިކަލް ސަޕޯރޓް

ކިއު އޭ/ ކިއު ސީ އެގްސެކިއުޓިވް  ޑިޒައިން އިންޖީނިއަރ          މެކޭނިކަލް އިންޖީނިއަރ

ޕްރޮޖެކްޓް މެނޭޖަރ            ވެލްޑިންގް އިންޖީނިއަރ         ހެލްޕް ޑެސްކް

 

2.         ލިޔެކިޔުންތައް ގެންގުޅުން

އަޅުގަނޑުމެންގެ ކުންފުނީގެ ފަރާތުން ހިންގި ސާރވެ އަކުން ދައްކާ ގޮތުގައި ފާއިތުއެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ކުންފުނިތަކުން ވަނީ ވޯރކު ޕާރމިޓް ޖޫރިމަނާގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ޚަރަދު ކޮށްފައެވެ. މިކަން މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވެފައިވަނީ ކުންފުނިތަކަށް އެކަށީގެންވާ މައުލޫމާތު ލިބިފައިނުވުމާއި، ޤާނޫނީ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓިފައި ނުވުމެވެ.

އަޅުގަނޑުމެންގެ ކުންފުނީގައި ސަރުކާރު ލިޔެކިޔުންތައް ބެލެހެއްޓުމުގައި ތަޖްރިބާކާރު މާހިރުންގެ ޓީމެއް ޙަރަކާތްތެރި ވުމަކީ މިކުންފުނީގެ ފަރާތުން ކަސްޓަމަރުންނަށް ދެވޭ މައިގަނޑު ޚިދުމަތެކެވެ.

މިފަދަ ޚިދުމަތެއް ތަޢާރަފް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިތަކަށް ޤާނޫނީ ކަންކަމުގަ އާއި ސަރުކާރުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އެހީތެރިވުމެވެ. މި ޚިދުމަތުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ މަދުވާނެއެވެ. އަދި ހަމަ އެއާއެކު ސަރުކާރަށްވެސް އެތައް ފަސޭހަތަކެއް ވެގެން ދާނެއެވެ. މިކަންތައްތައް ޙާޞިލް ކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ގިނަ ޢަދަދެއްގެ ފައިސާ ހޭދަކޮށް ސޮފްޓްވެއަރ އެއް ބަހައްޓާފައެވެ. ހަމަ އެއާއެކު ސޮފްޓްވެއަރ އެއް ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދެވިފައި ވާނެއެވެ.

އަޅުގަނޑުމެންގެ ޚިދުމަތްތަކުގެ ތެރޭގައި

•           ކޯޓާ ހޯދުން

•           ވޯރކްޕާމިޓަށް އެދުން

•           ވޯރކްޕާމިޓްގެ މުއްދަތު އިތުރު ކުރުން

•           ވޯރކްޕާމިޓް ކެންސަލް ކުރުން

•           ވޯރކްޕާމިޓް އައު ކުރުން

•           ވަޒީފާ އަދާކުރާ ތަނާއި މަޤާމު ބަދަލުކުރުމަށް އެދުން

•           ވިސާއަށް ފައިސާ ދެއްކުން

ނޯޓް: އެމް އީ އެސްއަކީ ޕާސްޕޯޓް ހައްދައި ދުނުމުގެ ކަންތައް އެންމެފަހުގެ ޓެކްނޮލޮޖީ އާއެކު ކުރެވޭ ކުންފުންޏަކަށް ވުމުން އެއްވެސް ކުށެއްނެތި ވަރަށް އޮމާންކަމާއެކު ކަންތައް ނިންމާލެވެއެވެ.

 

މިނިސްޓްރީ އޮފް ހިއުމަން ރިސޯސްއިން މަޢިލޫމާތު ހޯދުންފަދަ އިތުރު ޚިދުމަތްތަކަށް އެދިލެއްވުމުން އެ ޚިދްމަތްތައް ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

ކަސްޓަމަރުންގެ ބޭނުންތައް ރަނގަޅަށް ދެނެގެތުމަށްޓަކައި އަޅުގަނޑުމެންނާ މުޢާމަލާތު ކުރުމަކީ އެެދެވިގެންވާ ކެމެކެވެ. އަޅުގަނޑުމެންގެ ޚިދުމަތްތަކަކީ ކަސްޓަމަރުންނަށް އެއްވެސް އުދަގުލަކާ ނުލައި ލިބެވޭނެހެން އިންތިޒާމު ކުރެވިފައިވާ ޚިދުމަތްތަކެކެވެ.

 

އިތުރު މަޢުމާތު

އެމް އީ އެސްއަކީ ރައްޖޭގައި ފާހަގަ ކޮށްލެވޭ މުވައްޒަފުން ފޯރުކޮށްދޭ އެޖޭންސީއެކެވެ.

ކަސްޓަމަރުންނާއެކު އޮންނަ ގުޅުމަކީ ޚިދުމަތްތައް ފޯރުކޮށްދީ ނިމުމުން ނިމޭ ކަމެއް ކަމުގައި އަޅުގަނޑުމެން ނުދެކެމެވެ. އެހެނީ ދެފަރާތައް ފައިދާވާ ގޮތުން ދިގު މުއްދަތަކަށް ދެމިގެންދާނެ ގުޅުުމެކެވެ. ބައްދަލުވުން ތަކައްފަހު ޚިދުމަތުގެ ފެންވަރު ދެނެގަނެ ރަނގަޅުކުރަން ހުރި ކަންތައް ބުނެދެއްވުމަކީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅޭފިޔަވަޅެކެވެ. އޮފީސް ގަޑިއަށްފަހު އަޅުގަނޑުމެންނާ ބައްދަލުކުރަން ބޭނުންނަމަ ގުޅޭނެ ނަމްބަރ ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ އެމް އީ އެސް ޕީ އެލްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތް ތަކަކީ ކޮބައިކަމާއި އެ ޚިދުމަތްތަކުގެ ފެންވަރު ތިޔަ ބޭފުޅުންނަށް ރަނގަޅަށް އެނގުމެވެ. އަޅުގަނޑުމެންގެ މި ޕްރޮޕޯސަލް އަކީ ތިޔަ ބޭފުޅުން ގަޔާވާނެ ޕަރޮޕޯސަލް އަކަށް ވެ އަވަސް މުސްތަޤުބަލެއްގަ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބޭނެކަމަށް އުއްމީދު ކުރުމެވެ.

އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ކައުންސިލްތަކާއި (ލޯކަލް އަދި ސިޓީ) އަދި ބޮޑެތި އިމާރާތް ކުރާ ކުންފުނިތަކާއި ރިސޯޓް އަދި ވަކިވަކި އެޖެންސީތައް ހިމެނެއެވެ.

 

 

 

 

 

 

 

 

 

ގުޅޭނެ މަޢުލޫމާތު

އަޅުގަނޑުމެންގެ އޮފީސް ހޮޅުވިފައި ހުންނާނީ:       އާދީއްތަ- ބުރާސްފަތި 09:00 އިން 17:00 އަށެވެ.

ހޮނިހިރު ދުވަހު 09:30 އިން 4:30 އަށެވެ.

އަޅުގަނޑުމެންގެ ހޮޓްލައިން ނަމްބަރުތަކަށް 24 ގަޑިއިރު ގުޅެން ހުންނާނެއެވެ.

އޮފީސް އެޑްރެސް

މއ. މޫންލައިޓްގެ، 2 ވަނަ ފަންގިފިލާ، ސަބުދެރިޔާ މަގު، މާލެ، ދިވެހި ރާއްޖެ

ފޯން: 9603310404+  ފެކްސް: 9603310505+      ހޮޓްލައިން:+9607778525

ވެބްސައިޓް: www.employment.mv            

އީ- މެއިލް:

 shimhaad@employment.mv

info@employment.mv                                   

admin@employment.mv

 marketing@employment.mv